ކޯޓުގެ ތާރީޚް

 

 


 

ތާރީޚް:

 ފެމިލީ ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 4 ވަނަ ބާބުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން 13 ޛުލްޤަޢިދާ 1431، 21  އޮކްޓޯބަރ  2010 ގައި އުފައްދަވާފައިވާ ކޯޓެކެވެ.

މި ކޯޓު ކުރިން ހިގަމުން އައީ ޢާއިލާއާބެހޭ ކޯޓުގެ ނަމުގައެވެ. ޢާއިލާބެހޭ ކޯޓު އުފެދިފައިވަނީ ކުރީގެ ކޯޓް ނަންބަރު 1 އުވާލެއްވުމަށްފަހު01  އޯގަސްޓް 1997 ގައި މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބްލް  އަލްފާޟިލް އަޙްމަދު ޒާހިރުގެ މިނިސްޓަރކަމުގައެވެ.

 

ޢާއިލާއާބެހޭ ކޯޓުގައި އިސް ޤާޟީކަން ކުރައްވާފައިވާ ބޭފުޅުން:

1 އަލްއުސްތާޛު އަޙްމަދު މުޙައްމަދު

2 އަލްއުސްތާޛު ޔޫސުފު ޙުސައިން

 

ޢާއިލާއާބެހޭ ކޯޓްގައި ޤާޟީކަން ކުރައްވާފައިވާ ބޭފުޅުން:

1 އަލްއުސްތާޛް ޔޫސުފު ޙުސައިން

2 އަލްއުސްތާޛް ޙަސަން ސަޢީދު

3 އަލްއުސްތާޛް ޢަބްދުލްކަރީމް މުޙައްމަދު

4 އަލްފާޟިލް އަޙްމަދު ސާލިހް އިބްރާހީމް

5 އަލްއުސްތާޛް ޝުޢައިބު ޙުސައިން ޒަކަރިއްޔާ

6 އަލްފާޟިލް ޢީސާ އިބްރާހީމް