![]()
ދަރިންގެ ޚަރަދު ހޯދައި ދެވޭނީ އެކަމަށް އެދި ފޯމަކުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ކުއްޖާގެ އުމުރުން 16 (ސޯޅަ) އަހަރު ފުރެންދެން ކުއްޖާގެ ޚަރަދުގެ ގޮތުގައި ނަގައި ދެވޭނީ އާއްމުގޮތެއްގައި ކުއްޖަކަށް މަހަކު 450.00 ރުފިޔާއެވެ.
މި އަދަދަށް ވުރެ އިތުރަށް ޚަރަދު ނަގައި ދެވޭނީ ޚަރަދު ދޭ ފަރާތުގެ ތަނަވަސްކަމަށާއި، ލިބޭ އާމްދަނީ އަށް ރިޢާޔަތް ކުރުމަށް ފަހު، ކުއްޖާގެ މަންމަ ނުވަތަ ކުއްޖާ ބަލަމުން ދާ ފަރާތުން އެދޭ ނަމަ، ކޯޓަށް ޚަރަދުގެ މިންވަރު އިތުރުކޮށް ދިނުމަށް ފެނިއްޖެ ނަމައެވެ.
16 އަހަރު ފުރި 18 އަހަރު ނުފުރޭ ކުދިންނަށް ޚަރަދު ނަގައި ދެވޭނީ، އެ ކުއްޖަކީ ވަޒީފާ އަދާނުކުރާ ކުއްޖަކަށް ވެފައި،ރަސްމީގޮތުން ގަބޫލުކުރާ ނިޒާމީ ތައުލީމު ދޭ މަރުކަޒެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ކުއްޖެއް ކަމުގައި ވާނަމަ ޚަރަދު ނަގައި ދެވޭނީ ޚަރަދު ދޭ ފަރާތުގެ ތަނަވަސްކަމަށާއި، ލިބޭ އާމްދަނީ އަށް ރިޢާޔަތް ކުރުމަށް ފަހު، ކުއްޖާގެ މަންމަ ނުވަތަ ކުއްޖާ ބަލަމުން ދާ ފަރާތުން އެދޭ ނަމަ، ކޯޓަށް ޚަރަދުގެ މިންވަރު އިތުރުކޮށް ދިނުމަށް ފެނިއްޖެ ނަމައެވެ
ޚަރދުގެ ގޮތުގައި ނަގައި ދެވޭ 450.00 ރުފިޔާގެ އިތުރުން ތިރީގައި އެވާ ތަކެތި ނުވަތަ އެތަކެތީގެ ޚަރަދު އެކަށީގެންވާ ގޮތެއްގެ މަތިން ހޯދައިދެވޭނެއެވެ.
1- އަންނައުނުގެ ޚަރަދު / އަހަރަކު 3 ހެދުން
2- ކިޔަވައިދިނުމުގެ ޚަރަދު / އަހަރަކު 2 ޔުނިފޯމް، 1 ބޫޓް،ފޮތްލިސްޓް (އަހަރަކު އެއްފަހަރު ) ސްކޫލަށް ހޯދަން ޖެހޭ ފޮތަ ފަދަ ތަކެތި
3- ބޭސްފަރުވާގެ ޚަރަދު / ބޭސްފަރުވާ އަށް ހޯދައިދެވޭނީ ސަރުކާރުގެ ބޭސްފަރުވާ ކޮށްދޭ މަރުކަޒަކުން ޚިދުމަތް ދޭ ރޭޓަކުންނެވެ.
ޚަރަދު ފައިސާ ބަރާބަރަށް ނުދައްކާނަމަ ސާބިތު ޚަރަދު ހޯދުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާނީއެވެ. ސަރުކާރު ނުވަތަ އަމިއްލަ ފަރާތެއްގެ ދާއިމީ ވަޒިފާ އެއް އަދާކުރާނަމަ އެ މީހެއްގެ މުސާރައިން ފައިސާ ކަނޑައި ދިނުމަށް ވެސް ކޯޓުގައި އެދެވި ދާނެއެވެ.
ޚަރަދު ފައިސާ ކޯޓަށް ބަލައިގަންނާނީ ޚަރަދު ސާބިތުވި ލިޔުމާއެކު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު 8:30 ން 12:00 ށް އެވެ.
ޚަރަދު ފައިސާ ދޫކުރެވޭނީ ޚަރަދު ސާބިތުވި ލިޔުމާއި އައިޑީ ކާޑުގެ ފޮޓޯކޮޕީއެއް ހުށަހެޅުމުންނެވެ. ޚަރަދު ފައިސާ ދޫކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު 8:30 ން 15:30 ށް އެވެ.
