![]()
ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރެއްވުމައްޓަކައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަހްމަދު ފާއިޒު ހުސައިނާއި ކޯޓުތަކުގެ ބައެއް އިސް ގާޟީންނާއި ގާޟީން އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. މިޖަލްސާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރު އަލްއުސްތާޛް އަހްމަދު ފާއިޒު ހުސައިން ދެއްކެވި ވާހަކަފުޅުގައި މިފަދަ ބައްދަލުވުންތަކަކީ އޭގެ ސަބަބުން މުވައްޒަފުންގެ އެކުވެރިކަން އާލާވެގެންދާނެ ކަމެއް ކަމަށާއި އަދި މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައި ވެސް ފެނިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އިސް ގާޟީ އަލްއުސްތާޛް ހަސަން ސައީދު ދެއްކެވި ވާހަކަފުޅުގައި ކޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މި ގޮތުން ކުރިން ކޯޓު ހިންގަމުން ގޮސްފައިވަނީ ޖާގައިގެ ގޮތުން ވަރަށް ދަތި ހާލުގައި ކަމަށާއި އެކަން ހައްލުކުރުމަށް ކުރި މަސައްކަތުން ކޮންވެސް ވަރެއްގެ ލުއިކަމެއް މިހާރު ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ކޯޓުގެ ޖާގައަށް ހައްލެއް ލިބޭނޭކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކޯޓުގެ މުސްތަގުބަލް ބިނާކުރަން ބޭނުންވަނީ ރައްޔިތުންނަށް ލުއިފަސޭހައިން ޚިދުމަތް ލިބޭނޭ ގޮތް ބަލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ކޯޓުގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ މުވައްޒަފުންނަށް، އެކަމުގެ އަގުވަޒަންކޮށް ހަދާނީ ލިޔުން ދިނުމާއި 2010 ވަނަ އަހަރުގެ ހާޟީރީއަށް އެންމެ ރަގަޅު މުވައްޒަފަށް ދެއްވާ ޝީލްޑް ދިނުން އޮތެވެ. މިގޮތުން 5 އަހަރާއި 10 އަހަރާ ދެމެދު ޚިދުމަތްކުރައްވާފައިވާ 11 ބޭފުޅަކަށް ހަދާނީ ލިޔުން ދެއްވީ ދިވެހިރާއްޖެ ހައިކޯޓުގެ ފަޑިޔާރު އައްޝައިޚް ޔޫސުފު ހުސައިނެވެ. 10 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި 18 ބޭފުޅުންނަށް ހަދާނީ ލިޔުން ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަޑިޔާރު އަލްއުސްތާޛް އަހްމަދު ފާއިޒު ހުސައިނެވެ. ހާޟިރީ އަށް އެއްމެ ރަގަޅުކަމަށް ހޮވުނު ދެ މުވައްޒަފުނަށް ޝީލްޑް ދެއްވީ އިސް ގާޟީ ހަސަން ސައީދެވެ.
