![]()
2011 ވަނަ އަހަރު ކޯޓުން ކާވެނި ކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސް އެކަން އާއްމުކޮށް ވަނީ އިއުލާން ކޮށްފައެވެ. އަދި 2011 ވަނަ އަހަރު ކާވެނިކޮށް ނުދޭ ދުވަސްތައް ވެސް ވަނީ އާއްމުކޮށް އިއުލާން ކޮށްފައެވެ.
2011 ވަނަ އަހަރު ކާވެނިކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރަސްމީގަޑީގައި ހެނދުނު 09:00 ން 11:30 ށް އަދި މެންދުރު ފަހު 13:30 ން 15:30 ށެވެ. ނުރަސްމީގަޑީގައި ކާވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00 ން 21:00 ށެވެ.
2011 ވަނަ އަހަރު ކާވެނިކޮށް ނުދޭ ދުވަސްތަކުގެ ގޮތުގައި ހަމަޖެހިފައިވަނީ ޖެނުއަރީ 07 ވާ ހުކުރުދުވަހާއި، ރަމަޟާންމަހާއި ގުޅިގެން އޯގަސްޓް މަހުގެ 01 ވަނަ ދުވަހާއި، ފިތުރު އިދާއި ގުޅިގެން އޯގަސް 29،30،31، ސެޕްޓެމްބަރ 01 އަދި 2 ވަނަ ދުވަހާއި،އަޟްހާ އީދާއި ގުޅިގެން ނޮވެމްބަރ މަހުގެ 4،5،6،7،8،9،10 އަދި 11 ވަނަ ދުވަހާއި، ޖެނުއަރީ 01 އަދި ނޮވެމްބަރ 5 ވަނަ ދުވަސް ފިޔަވައި ހުރިހައި ހޮނިހިރުތުވަސްތަކުގައެވެ.
