ލޯ އޭޝީއާ 2011' ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު މި ކޯޓުގެ އިސްގާޟީ ހަސަން ސައީދާއި ގާޟީ ހުޒައިފާ މުހައްމަދު އެނބުރިވަޑައިގެންފި

'24 ވަނަ ލޯ އޭޝީއާ 2011' ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު މި ކޯޓުގެ އިސްގާޟީ ހަސަން ސައީދާއި ގާޟީ ހުޒައިފާ މުހައްމަދު އެނބުރިވަޑައިގެންފި.

 

      އޮކްޓޯބަރ 9 ން 13 ށް ސައުތު ކޮރެއާގެ ސޯލްގައި ބޭއްވި 24 ވަނަ ލޯ އޭޝިއާ ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، އިސްގާޟީ ހަސްން ސައީދާއި ގާޟީ ހުޒައިފާ މުހައްމަދު އެނބުރިވަޑައިގެންފިއެވެ. މި ކޮންފަރެންސަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އިންސާނީ ޙައްޤުތައް ހޯދައި ދިނުމުގައްޔާއި އަދުލު އިންސާފުހޯދައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބާރުއަޅާ ދިނުމައި، މިދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، މި ދާއިރާއަށް ޤާނޫނީގޮތުން ލިބިދޭ ކުރިއެރުންތަކުގެ މަޢުލޫމާތު ޙިއްޞާކުރުމުގެ ބޭނުމުގައި ބޭއްވުނު ކޮންފަރެންސަކެވެ. މި ކޮންފަރެންސުގައި "އޭޝިއަން ލޯ: ވެއަރ އާރ ވީ އެންޑް ވެއަރ ވީ ހެޑެޑް" މި މައުޟޫޢުގެ ދަށުން ޤާނޫނީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އައު ތަރައްޤީތަކާއި އަދި ތަފާތު ވަޒަންތަކުގެ ޤާނޫނުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.