![]()
ވިޝަން:
ޢާއިލާތަކުގެ ބިންގާ ހަރުދަނާ ގޮތުގައި އެޅުމަށް ޤާނޫނުގެ ތެރެއިން އެހީތެރިވެދިނުމާއި، ޢާއިލާތަކުގެ މެދުގައި ދިމާވާ މައްސަލަތައް އަވަސްކަމާއެކު ވަކިފަރާތަކަށް ބުރަނުވެ ތަޢައްޞުބުން އެއްކިބާވެ ތިބެ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އިންޞާފު ހޯދައިދީ ޢާއިލާތައް ޙިމާޔަތްކުރުން.
މިޝަން:
ޢާއިލާތަކުގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކޯޓުގެ ލަނޑުދަނޑިތައް ޙާޞިލްކުރުން.
ލަނޑުދަނޑިތައް:
1- ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޯޓުގެ މަސައްކަތް ކުރުމާއެކު އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކޮލިޓީ ހިފެހެއްޓުން.
2- ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ތަމްރީން ލިބިފައިވާ ބަޔަކަށް ވުން.
3- ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ޢިލްމީ ޤާބިލްކަން އަބަދުވެސް އިތުރުކުރުން.
4- ކޯޓުގެ ނިޒާމް ހިންގުމުގައި ވީހާވެސް ބޮޑަށް ޒަމަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަވަސް ޚިދުމަތްދިނުން.
5- ޢާއިލާތަކަށް ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމުގެ ސިޔާސަތުތައް ތަންފީޛުކޮށް މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތްތެރިކަމަށް މަސައްކަތްކުރުން.
6- ޢާއިލާތަކުގެ ޙައްޤު ހޯދައިދީ ލިބިގަތުމަށް ކުރަންޖެހޭ ކަންކަން ކުރުން.
7- އެންމެން އިތުބާރުކުރާ އެކުވެރި މާޙައުލެއްގައި އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްދިނުން.
ކޯޓުގެ ވެލިއުސް:
1- ކޯޓަށް ފަސޭހައިން ވާސިލުވުން.
2- މިހާރަށްވުރެ މަސައްކަތް ހަލުއިކުރުން.
3- ޒިންމާދާރުކުރުވުން.
4- ހަމަހަމަކާމާއި އިންޞާފު
5- ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން.
